-Advertisement-

-Advertisement-

ޓްރަމްޕަށް އަމާޒުކޮށް ދިން ހަމަލާ ރައީސް މުޢިއްޒު ކުށްވެރި ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ފޮޓޯ/ރައީސް އޮފީސް

މި އަހަރުގެ ފަހުކޮޅު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެ ޤައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ޙަމަލާ ރައީސުލްޖުމހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

https://x.com/MMuizzu/status/1812386060376354851

މި ޙަމަލާ ކުށްވެރިކުރައްވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިޔާސީ މައިދާނުގައި ހަމަނުޖެހުން ތަކަށް ފުރުސަތު އޮވެގެން ނުވާނެކަމަށާއި ކޮންމެ ތަނެއްގައި ނަމަވެސް ހަމަނުޖެހުން ހިންގުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

” އަޅުގަނޑުމެންގެ ވިސްނުމާއި ހެޔޮއެދުންތައް އޮތީ ކުރީގެ ރައީސާ އެ ބޭފުޅާގެ އާއިލާގެ އިތުރުން ހަމަލާގައި ޒަހަމްވި އެހެން މީހުންނާއެކު  ” ރައީސް ގެ ޕޯސްޓްގައި ވިދާޅުވިއެވެ.

މި ހަމަލާގައި ޓްރަމްޕްގެ ކަންފަތް ބުޑުން ވައިކަފާފައި ދިޔަ އުންޑަ އެރީ އެތަނުގައި ހުރި ޓްރަމްޕްގެ ސަޕޯޓަރެއްގެ ގަޔަށެވެ. އޭނާ މިހާރު ވަނީ މަރުވެފައެވެ. މި ހަމަލާގައި އަދި އިތުރު ދެ މީހަކު ވެސް ވަރަށް ބޮޑަށް ޒަހަމްވިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު މިހާ ކައިރިވެފައި ވަނިކޮށް ރިޔާސީ ކެންޑިޑޭޓަކަށް ދިން މި ހަމާލާ އަކީ އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއް ގޮތުގައި އެމެރިކާގެ ސީކްރެޓް ސާވިސްއިންވެސް ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-