-Advertisement-

-Advertisement-

ޖަޕާނުން ދިވެހި ފުލުހުންނަށް 61.7 މިލިއަން ރުފިޔާގެ ޕޮލިސް ކާރާއި ވޭން ހަދިޔާ ކޮށްފި

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

ޖަޕާނުން ދިވެހި ފުލުހުންނަށް 61.7 މިލިއަން ރުފިޔާގެ ޕޮލިސް ކާރާއި ވޭން ހަދިޔާ ކޮށްފިއެވެ.

ޖަޕާނުން ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާކުރި 61.7 މިލިއަން ރުފިޔާގެ ވެހިކަލް ހަވާލް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި އުޅަނދުތަކާއެކު މަގުމަތީގެ އަމާންކަމާއި ހަމަޖެހުން ގާއިމު ކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށާއި، މުޖުތަމައު ގައި ކުށްކުރުން އިތުރުވަމުން ދާއިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތްތައްވެސް އިތުކުރަން ޖެހިފައި ވާކަމަށެވެ.

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މިކަންކަން ކުރެވޭނީ ފުލުހުންނަށް ރަނގަޅު ވަސީލަތްތައް ގާއިމް ކޮށްގެން ކަމަށާއި، ޖަޕާނު ސަރުކާރުން ހަދިޔާކުރި އުޅަނދުތަކާއެކު ފުލުހުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ވިދާޅުވިއެވެ. މީގެއިތުރުން، މިލިބުނު އާ ވަސީލަތްތަކާއިއެކު ރައްކާތެރިކަމާއި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި ފުލުހުންގެ ގާބިލިއްޔަތު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް 54 ޕޮލިސް ކާރާއި، 4 ޓޮޔޯޓާ ވޭން ހަދިޔާ ހަވާލުކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީއެވެ. ފުލުހުންނާއި މުޚާތަބުކޮށް ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޖަޕާނު ސަރުކާރުން މެޓަލް ޑިޓެކްޓަރާއި، ލޭސަރާއި، ޕެސެންޖާ ކްރާފްޓާއި، ރަބާ ބޯޓު ފަދަ ވަސީލަތްތައްވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

ފޮޓޯ: ދިވެހި ފުލުހުންގެ ހިދުމަތް

މީގެ އިތުރުން، މިއީ ޖަޕާނު ސަރުކާރުން ލޯ އެންފޯސްމެންޓަށް ސަޕޯޓްދޭން ބޭނުންވާކަމުގެ ހެއްކެއްކަމަށާއި، މި ތަކެތީގެ ސަބަބުން ފުލުހުން ހިންގާ ޓްރެފިކް އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-