-Advertisement-

-Advertisement-

އިމިގްރޭޝަން އޮޕަރޭޝަން: މިރޭ 6 މީހުން އަތުލައިގަނެ 2 ފިހާރަ ބަންދުކޮށްފި

އިމިހްރޭޝަން އިން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން

ނުގަވާއިދުން ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހަ މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިރޭ އިމިގްރޭޝަނުން މިރޭ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ ތިން ތަނަކާއި ދެ ފިހާރައާއި ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނެއްގެ އިތުރުން އެއް ފިހާރަ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަން ފާސް ކުރުމަށްފަހު 6 ބިދޭސީ ފިރިހެނަކާއި ބިދޭސީން ވިޔަފާރި ކުރަމުންދިޔަ ދެ ފިހާރަ ބަންދުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

މާލޭ ސަރަހައްދުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުން މިހާތަނަށް 100 އަށް ވުރެއް ގިނަ މީހުން އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިއަދު އިމްގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 2013 ބިދޭސިއަކު ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-