-Advertisement-

-Advertisement-

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ސަސްޕެންޑެއް ނުކުރޭ

ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން

ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ހުންނެވީ ސަސްޕެންޑްކޮށްފައި ނޫންކަމަށާއި އެ ބޭފުޅާ ހުންނެވީ އަމިއްލަފުޅަށް މަސައްކަތުން އެކަހެރިވެވަޑައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

މި ކަމާ ގުޅޭ ގޮތުން އިއްޔެ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ޒިހާން  ސަސްޕެންޑް ނުކުރާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ އިތުރު ތަފުސީލެއް ހީނާ ނުދެއްވައެވެ.

ޒިހާން ކުރިން ހުންނެވީ އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓްގެ މަގާމުގައެވެ. ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް ޒިހާން އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-