-Advertisement-

-Advertisement-

ޔޫރޯ 2024 ގެ ތަށި ސްޕެއިން އިން ކާމިޔާބުކޮށްފި

ޔޫރޯ 2024 ގެ ފައިނަލުގައި އިންގްލެންޑް ބަލިކޮށް ސްޕެއިން އިން މުބާރާތުގެ ތަށި ކާމިޔާބު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ޖަރުމަނުގެ ވެރިރަށް ބާލިންގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވެފައިވަނީ 2-1 ގެ ނަތީއްޖާ އަކުންނެވެ. މުޅި މުބާރާތުގައިވެސް އެންމެ މޮޅު ކުޅުމެއް ދެއްކި ސްޕެއިން ޓީމުންވަނީ މި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުން ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގޯލު ޖަހަން ފުރުސަތުތަކެއް އުފައްދާފައިވީ ނަމަވެސް އެޓީމަށް އެއްވެސް ގޯލެއް ޖެހިފައި ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފަށައި މާ ގިނަ އިރުތަކެއް ނުވެ ސްޕެއިންގެ ނީކޯ ވިލިއަމްސް އިން ގޯލެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައިވެއެވެ.

އެގޯލަށް ފަހު އިންގްލެންޑްގެ ކުޅުން އިތުރަށް ރަނގަޅުކުރުމަށް އެޓީމުގެ ކޯޗު އެޓީމަށް ބަދަލު ތަކެއް ގެނެސްފައިވެއެވެ. އެގޮތުން ކެޕްޓަން ހެރީ ކޭން އަދި ކޮބީ މައިނޫގެ ބަދަލުގައި އޮލީ ވަޓްކިންސް އަދި ޗެލްސީގެ ކޯލް ޕާމާ ކުޅެން އަރުވާފައިވެއެވެ. މި ބަދަލުތަކެއް ގެނައިތާ މާ ގިނަ އިރުތަކެއް ނުވެ ކޯލް ޕާމާ ވަނީ އޭރިއާގެ ބޭރުން ވަރަށް ހިތްގައިމު ގޯލެއް ޖަހައި ނަތީއްޖާ ހަމަހަމަކޮށްފައެވެ.

މި މެޗު ސްޕެއިންއަށް ކާމިޔާބު ކޮށްދިން ގޯލު އެޓީމަށް ޖަހައިދިނީ އެޓީމަށް ބެންޗުން ކުޅެން އެރި އޮޔާޒަބާލް އެވެ. މި ގޯލު އޭނާ ކާމިޔާބު ކޮށްދިނީ މެޗު ނިމެން އެންމެ 4 މިނުޓަށް ވެފައިވަނިކޮށެވެ.

މި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ސްޕެއިން ޓީމުން މި މެޗުން މޮޅުވުމާއެކު އޓީމު ވަނީ ޔޫރޯގެ އެއް މުބާރާތެއްގެ 7 މެޗަކުން މޮޅުވި ފުރަތަމަ ޓީމަށެވެ. އަދި މިއީ އެޓީމުން ޔޫރޯ މުބާރާތް ކާމިޔާބު ކުރި 4 ވަނަ ފަހަރެވެ.

މި ނަތީއްޖާއާއެކު އިންގްލެންޑުގެ ޓީމަށް އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވޭތާ 60 އަހަރު ވެގެންދިޔައިރު, އެ ޓީމުން ޔޫރޯ މުބާރާތް އެއްވެސް ފަހަރަކު ކާމިޔާބު ކޮށްފައި ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-