-Advertisement-

-Advertisement-

ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށް އެދި އެމްޑީޕީން މަޖިލީހުގެ ރައީސްގެ އަރިހަށް

އެމްޑިޕީއާ އެކު މަޖިލީހުގައި ބޭއްވި ބައްދަލުވުން. ފޮޓޯ: އެމްޑީޕީ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑިޕީ)ގެ ލީޑަޝިޕުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އާ ބައްދަލު ކޮށްފިއެވެ.

މި ބައްދަލުވުމަކީ އެ ޕާޓީގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އަބްދުއްރަޙީމްގެ އަރިހުން ދެންނެވުމަށް މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމެއްކަމަށް މައުލޫމާތު ލިބެއެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ތަރުޖަމާނު އަނަސް އަބްދުއްސައްތާރުގެ އިތުރުން ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގް ބައިވެރިވެވަޑައިގެންފައިވެއެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީއަށް ވީހާ ވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް އަބްދުއްރަހީމްގެ ކިބައިން ފައްޔާޒް އެދިވަޑައިގެންނެވިކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.  ހަމައެހެންމެ މަޖިލީހުގެ މަސައްކަތް ކުރިއަށްދާ އިރު، 18 ވަނަ މަޖިލީހުގެ ކަންކަން ހިނގައިދިޔަ ގޮތަށް ކަންކަން ދިއުމުގެ ފުރުސަތު ނުދެއްވުމަށް އެ ޕާޓީގެ ފަރާތުން އިލްތިމާސް ކުރިކަމަށް އެމްޑީޕީން ބުންޏެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ފަލާހު ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-