-Advertisement-

-Advertisement-

މެންޗެސްޓާ ޔުނައިޓެޑުން ނެދަލެންޑްސްގެ ތަރި ޖޯޝުއާ ޒާކްޒީ ސޮއިކޮށްފި!

އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމް މެންޗެސްޓާ ޔުނައިޓެޑުން ނެދަލެންޑްސްގެ ފޯވާޑް ޖޯޝުއާ ޒާކްޒީ ސޮއިކޮށްފިއެވެ.

އާދިއްތަ ދުވަހު އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޓަލީގެ ޓީމު ބޮލޯނިއާ އާއެކު ހެދުނު 36.5 މިލިއަން ޕައުންޑުގެ ޓްރާންސްފާއެއްގައި އެޓީމުގެ ފޯވާޑް ޒާކްޒީ މިހާރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެނާ ސޮއި ކޮށްފައިވަނީ 5 އަހަރުގެ އެއްބަސްވުމެއްގައެވެ.

އުމުރުން 23 އަހަރުގެ ޒާކްޒީ ވަނީ މިދިޔަ ސީޒަނުގައި ބޮލޯނިއާއަށް ރަނގަޅު ކުޅުމެއް ދައްކައި އެޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް އެހީތެރިވެދީފައެވެ. އޭނާވަނީ 12 ގޯލު ޖަހައި އިތުރު 7 ގޯލަށް އެސިސްޓު ކޮށްދީފައެވެ.

ޒާކްޒީ އަކީ މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ސޮއި ކުރި ފުރަތަމަ ބޮޑު ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ މެންޗެސްޓާ ޔުނައިޓެޑުގެ އާ އޯނަޝިޕްގެ ދަށުން ގެނެވުނު ބަދަލުތަކާއެކު ސްޕޯޓިން ޑައިރެކްޓަރުކަން ހަވާލުކުރި ޑޭން އޭޝްވޯތް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާކަންވެސް ފާހަނގަ ކޮށްލެވެއެވެ.

ބޮލޯނިއާ އަށް ކުޅުމުގެ ކުރިން ޒާކްޒޭ ކުޅެފައިވަނީ ޖަރުމަން ލީގުގެ ބަޔާން މިއުނިކަށެވެ. އެ ކްލަބުގެ ޒުވާން ޓީމުން އަރައިގެން އައި ޒާކްޒޭއަށް ސީނިއާ ޓީމުން މާގިނަ ފުރުސަތުތަކެއް ލިބިފައި ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-