-Advertisement-

-Advertisement-

ކުޅިވަރުގައި ސްޕެއިންއަށް ތާރީޚީ ދުވަހެއް: ޓެނިސް ވިމްބަލްޑަން އަދި ޔޫރޯގެ ތަށި އެއްދުވަހެއްގައި

ޓެނިސްގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމުގައިވާ ވިމްބަލްޑަން މުބާރާތް ސްޕެއިންގެ ކާލޯސް އަލްކަރާޒް ކާމިޔާބުކުރުމާއި, އަދި ޔުއެފާ ޔޫރޯގެ ތަށި ސްޕެއިންގެ ފުޓުބޯޅަ ގައުމީ ޓީމުން ކާމިޔާބު ކުރުމާއެކު ޖޫލައި 14 ވީ އާދިއްތަ ދުވަސް ސްޕެއިންގެ ކުޅިވަރަށް ވަރަށް ތާރީޚީ ދުވަހެއްގެ ގޮތުގައި ވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ދުވާލުގެ ވަގުތުގައި ކުޅުނު ވިމްބަލްޑަން ފައިނަލުގައި އަލްކަރާޒް ވަނީ ފިރިހެން ސިންގަލްސްގައި ނޮވާކް ޖޯކޮވިޗް ބަލިކޮށް ޖެހިޖެހިގެން ދެވަނަފަހަރު އެ ތަށި ދިފާއުކޮށްފައެވެ. މިއީ އުމުރުން އެންމެ 21 އަހަރުގެ އަލްކަރާޒް ކާމިޔާބު ކުރި 4 ވަނަ ބޮޑު މުބާރާތެވެ. މި މެޗުގައި އަލްކަރާޒް ވަނީ މޮޅު ކުޅުމެއް ދައްކައި ޓެނިސް ލެޖެންޑް ޖޯކޮވިޗް ވަރަށް  ފަސޭހަކަމާއެކު ބަލިކޮށްފައެވެ.

ހަމަ އެދުވަހުގެ ރޭގަނޑުގެ ވަގުތުގައި ކުޅެން ނުކުތް ސްޕެއިންގެ ފުޓްބޯޅަ ގައުމީ ޓީމުންވެސް ވަނީ ހަމަ އެހާމެ މޮޅު ހިތްގައިމު ކުޅުމެއް ދައްކައި އިންގްލެންޑުގެ ޓީމު ބަލިކޮށް މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައެވެ. މުޅި މުބާރާތުގައިވެސް ސްޕެއިން ޓީމު ވެގެން ދިޔައީ އެންމެ މޮޅު ކުޅުމެއް ދެއްކި, ތަށި ލިބުން ހައްގުވާ ހަމައެކަނި ޓީމުގެ ގޮތުގައެވެ. މި މެޗުން ސްޕެއިން ޓީމުން އިންގްލެންޑު ބަލިކޮށްފައިވަނީ 2-1 ގެ ނަތީއްޖާއަކުންނެވެ. އަދި އެޓީމު ވެގެން ގޮސްފައިވަނީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމުގެ ގޮތުގައެވެ.

މި ދެ ކުޅިވަރުގެ ކާމިޔާބީއާ އެކު ސްޕެއިންގައި މިވަގުތު ދަނީ ވަރަށް ބޮޑަށް އުފާ ފާޅުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-