-Advertisement-

-Advertisement-

ރައީސް ޔާމިންގެ 1 މިލިއަން ޑޮލަރު މައްސަލަ: އަޑުއެހުން ތާވަލްކޮށްފި

ރައީސް ޔާމީން – ފޮޓޯ: ނިއުސްލެބް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެސްކްރޯ އެކައުންޓްގައި ހުރި 1 މިލިއަން ޑޮލަރުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ތާވަލްކޮށްފިއެވެ.

ރައީސް ޔާމީނާއި ދެކޮޅަށް ބޭންކުން ހައިކޯޓަށް ހުށަހެޅި މައްސަލަ އިސްތިޢުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާއިރު، މިއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އޭސީސީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައެވެ.

މި މައްސަލަ އާއި ގުޅިގެން ހުސްވި މެއި މަހު ޔާމީނާއި ދެކޮޅަށް ހައިކޯޓުން ވަނީ އަމުރެއްވެސް ނެރެފައެވެ. މިއަމުރު ނެރެފައިވަނީ 1 މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައިގައެވެ.

މިމައްސަލާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ބީއެމްއެލް އިން ދައުވާއަށް ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުން މިފަދައިން ނިންމާފައިވާ އިރު، ބޭންކުން މިމައްސަލަ މިދިޔަ ފެބްރުއަރީ މަހުގައި ހައިކޯޓުގައި އިސްތިޢުނާފު ކުރިއެވެ.

ބޭންކުން މިމައްސަލަ އިސްތިޢުނާފު ކުރުމުން ހައިކޯޓުން ޙުކުމްކުރީ އެމައްސަލާގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ސިވިލް ކޯޓުން އެއްވެސް ކަމެއް އެ މައްސަލައާ ގުޅިގެން ޙުކުމް ނުކުރުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-