-Advertisement-

-Advertisement-

ނޭޕާލުގެ އާ ބޮޑުވަޒީރަށް ރައީސް ޑރ. މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮޓޯ: ރައީސް އޮފީސް

ނޭޕާލުގެ އާ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ނޭޕާލްއަކީ ރައްޔިތުންނާ ގާތް ގުޅުން ބާއްވާ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ދެމުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެއިން ނޭޕާލާއިއެކު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1 އޮގަސްޓް 1980 ވަނަ އަހަރުގައެވެ.

ނޭޕާލްގެ ބޮޑުވަޒީރުކަމުގެ މަގާމު އެންމެ ފަހުން ފުރުއްވީ ޕުޝްޕާ ކަމާލް ދަހަލްއެވެ. އޭނާ ނޭޕާލްގެ ޕްރައިމް މިނިސްޓާރގެ މަގާމާއި ހަވާލުވީ 15 އޯގަސްޓް 2018 ގައެވެ. އޭނާއަށް އެމަގާމު ގެއްލުނީ މަޖިލިހުގެ އަޣުލަބިއްޔަތު އޭނާ އަށް ގެއްލިގެންނެވެ.

ކޭޕީ ޝަރްމާ އޮލީ ނޭޕާލުގެ ބޮޑުވަޒީރުގެ މަގާމަށް ހޮވާފައިވާއިރު، އެމަނިކުފާނަކީ ނޭޕާލްގައި އޮތް ރަސްކަމާ ދެކޮޅަށް މަސައްކަތް ކުރުމުން 14 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނު ބޭފުޅެކެވެ. މީގެ އިތުރުން މިއަދު އެމަނިކުފާނަކީ ނޭޕާލްގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ވެސްމެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-