-Advertisement-

-Advertisement-

އިސްރާއީލަށާއި އިސްރާއީލުގެ އާގު ބޯޓަކަށް ހޫޘީ ޖަމާއަތުން ހަމަލާ ދީފި

ހޫޘީ ޖަމާއަތުން އާންމު ކުރި އިސްރާއީލުގެ އާގުބޯޓު

ޔަމަންގެ ހޫޘީ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ދަށުން އެ ޖަމާއަތުން އިސްރާއީލުގެ އާގު ބޯޓަކަށް ވަރުގަދަ ހަމަލާތަކެއް ދީފިކަމަށް ޙޫޘީންގެ ތަރުޖަމާނު ކާނަލް ޔަޙްހާ ސަރީޢު މީޑިއާތަކަށް ވިދާޅުވެއްޖެއެވެ.

ހޫޘީ ޖަމާއަތުން އިސްރާއީލަށް މި ހަމަލާތައް ދީފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުކަމަށް މައުލޫމާތު ލިބެއެވެ.

ޔަހޫދީންގެ އާގުބޯޓެއްކަމަށްވާ އެމްއެސްސީ ޔުނިފިކަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވާނެކަމަށް ޙޫޘީންގެ ތަރުޖަމާނު ކާނަލް ޔަޙްހާ ސަރީޢު މީޑިއާތަކަށް ވިދާޅުވެފައިވެއެވެ. އެ ބޭފުޅާ ވިދާޅުވިގޮތުގައި މި އޮޕަރޭޝަންތަކަކީ އިސްރާއީލު ކަނޑުގެ މަގުން ހިސާރު ކުރުމަށް ހިންގާ އޮޕަރޭޝަންތަކެކެވެ. އެ އުޅަނދަށް ޙަމަލާދިނީ ބަލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ބޭނުން ކޮށްގެންކަމަށާއި ހަމަލާތަކަށްފަހު އެމްއެސްސީ ޔުނިފިކްގައި އަލިފާން ރޯވެފައިވާކަން ޔަޙްހާ ސަރީޢު ކަށަވަރު ކޮށްދެއްވިއެވެ.

މީގެ އިތުރުން ޑްރޯން ބޭނުންކޮށްގެން އިސްރާއީލުގެ ކަނޑުގެ ބަނދަރެއްކަމަށްވާ އީލާތު ބަނދަރަށް ހަމަލާދީފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޔަޙްހާ ސަރީޢު ވިދާޅުވިގޮތުގައި މިއީ އެ ސިޓީގެ ބަނދަރަށާއި އެ ސިޓީގައިވާ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ދެވުނު ހަމަލާއެކެވެ.

މި ކަމާ ގުޅިގެން އެމެރިކާ ސިފައިންގެ ސެންޓްރަލް ކޮމާންޑް (ޔޫއެސް ސެންޓްކޮމް)އިން ބުނިގޮތުގައި ހޫޘީންގެ ޑްރޯންތައް ވައްޓާލާފައިވަނީ އެމެރިކާގެ ސިފައިންނާއި އެމެރިކާއާ ގުޅިފައިވާ ކޯލިޝަން ބާރުތަކުގެ އެހީގައެވެ. އެ ކޯލިޝަންގައި އިނގިރޭސިވިލާތާއި ބަހްރައިން ވެސް ހިމެނެއެވެ. އަދި ނޭޓޯގެ ބައެއް ގައުމުތައް ވެސް މި ކޯލިޝަންގައި ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

ހޫޘީން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކުގެ ދަށުން ހޫޘީން ވަނީ ޑްރޯންއާއި މިސައިލުން 220 އަށް ވުރެ ގިނަ ބޯޓުތަކަށް ހަމަލާތައް ދީ އޭގެތެރެއިން ބައެއް ބޯޓުތައް ކަނޑަށް ފައްތާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-