-Advertisement-

-Advertisement-

އެފްއެސްއެމުން ވިއްކި ތެލުގައި ފެން ހުރިކަމަށް ބުނެ ކުރި ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އޮފީސް ބިލްޑިންގް. ފޮޓޯ: ނިއުސްލެބް / އަޙްމަދު މަސީޙު
ނލ

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ވިއްކި ތެލުގައި ފެން ހުރިކަމަށް ބުނެ ކުރަމުންދާ ތުހުމަތުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

ގއ އަތޮޅުގައި ވިއްކި ތެލުގައި ތެލަށްވުރެ ފެން ގިނަކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް އާންމުކޮށްފައެވެ.

މި ކަމާ ގުޅިގެން އެފްއެސްއެމުން ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދުއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ޚަބަރަކީ ތެދު ޚަބަރެއް ނޫންކަމަށެވެ. އަދި އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކޮށްދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާޖެއްގައި އަބަދު ވެސް ހަމަޖެހިފައި ހުންނާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަލުން އެ ކަމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްޤީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާ އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-