-Advertisement-

-Advertisement-

ފެނަކައިގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފި

ކޭއެފްސީ ރާއްޖެ

ކޭއެފްސީ، މާލެ ބްރާންޗްގެ ބިއްލޫރިގަނޑު ތަޅާލައި އެތަނަށް ބަލަކު ގެއްލުން ދީފިއެވެ.

އެގޮތުން މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައި ބަޔަކު ގެއްލުން ދީފައިވާކަމުގެ ރިޕޯޓް ރޭ ދަންވަރު 3 ޖަހާކަންހާއިރު ލިބިފައިވާކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ރަހުގީގު ކުރަމުން އަންނަ ކަމުގައިވެސް އެ އިދާރާއިން ވިދާޅުވެއެވެ.

އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މީގެ ކުރިން ވެސް އެތަނަށް ކަޅުތެޔޮ ޖަހައި ކޭއެފްސީ ކުރިމަތީގައި މުޒަހާރާ ކޮށްފައިވެއެވެ. އަދި އެތަން ބޯއިކޮޓް ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

އަދި ކޭއެފްސީ ބަންދުކުރުމަށް ގޮވާލައި އެތަނުގެ ދޮރުމަތީގައި ސިލްސިލާގޮތެއްގައި މުޒާހަރާތައް ކުރަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-