-Advertisement-

-Advertisement-

ވަގަށް ސިނގެރޭޓް އެތެރެކުރި މައްސަލައިގައި ކަސްޓަމްސް އޮފިސަރ އެއް ސަސްޕެންޑް ކޮށްފި

ކަސްޓަމްސް ބިލްޑިންގް

ސިނގިރޭޓު ކޮންޓޭނަރެއް އެތެރެ ކުރި މައްސަލައެއްގައި ކަސްޓަމްސްގެ އޮފިސަރަކު ސަސްޕެންޑްކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ، ދާދި ފަހުން ވަގަށް ރާއްޖެއަށް ސިނގެރޭޓް ކޮންޓޭނަރެއް އެތެރެކުރަން އުޅުނު މައްސަލައެއް ފެން މަތިވެ އެ ތަކެތި އަތުލައިގަނެފައި ވާނަކަމަށެވެ. އަދި  އެ މައްސަލައިގައި ކޮންޓޭނަރުތައް ސްކޭން ކުރަން ހުރި ކަސްޓަމްސްގެ އޮފިސަރަކުވެސް ސަސްޕެންޑް ކުރެވިފައިވާކަމަށްވެސް މާނިއު ވަނީ ވިދާޅުވެފައެވެ.

މިކަމުގެ ސަބަބުން މުވައްޒަފުން މަދުވުމުގެ މައްސަލަ ކުރިމަތިވިކަން ފާހަގަ ކުރައްވައި މާނިއު ވިދާޅުވީ، ކަސްޓަމްސްއަށް ނަގާ މުވައްޒަފުނަށް ތިން މަހުގެ ހާއްސަ ޓްރެއިނިންއެއް ދޭން ޖެހޭ ކަމަށާއި އެންމެ ފަހު ވަގުތު މުވައްޒަފުން ނަގައިގެން އެ ފަރާތްތަކަށް އެންމެ ބޭނުންވާ މިންވަރަށް ތަމްރީން ނުދެވޭ ކަމަށެވެ.

އެގޮތުން އެންމެ އެކަށޭނެ ތަމްރީނު ނުދެވުމުގެ ސަބަބުން ބައިވަރު ސެކިއުރިޓީ މައްސަލަތައް ދިމާވާކަންވެސް މާނިއުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މާނިއު ވިދާޅުވީ، މި ފަހުން ހުޅުވާލި އެއާކާގޯގެ ސެކިއުރިޓީ ކަސްޓަމްގެ އެންފޯސްމެންޓްގެ ބައިން މުވައްޒަފުން ގެންގޮސްގެން މެނޭޖްކުރަނީ ކިރިޔަ ކިރިޔާ ކަމަށެވެ. އެހާ މަދު މުވައްޒަފުން ތިބި ނަމަވެސް މީގެ ކުރިން ނުހުއްޓުވޭ ވަރަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތް ކުރާ 99 އިންސައްތަ މަސްތުވާތަކެތި ހިފަހައްޓާފައިވާނެ ކަމަށް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-