މަސްލިބުން ދަތިވެ މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ.
މިފަހަކަށް އައިސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ބޮޑު އަޑި ގުޑަންތަކާއެކު ރާއްޖޭގެ މަސްވެރިކަން ދަށްވެ، ކަނޑުމަހުގެ ބާވަތްތައް ގަންނަން ނުލިބޭތީ އާންމުންގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާއި ގުޅިގެން މިފްކޯއިން ބުނމިފްކޯ ފިހާރަތަކުން ކަންނެލިމަހުގެ އުފެއްދުންތައް ހަމަ ކުރިއެކޭ އެއްގޮތަށް މިހާރުވެސް ލިބެން ހުރި ނަމަވެސް ކަޅުބިލް މަސް ލިބުން ދަތިވެ، ކަޅުބިލަމަހުގެ ބާވަތްތައް ލިބުން ދަތިވެފައިވާކަމަށެވެ.
އެގޮތުން ދަޅުމަސް ވިއްކުމާއި ލިބުމުގެ އެއްވެސް ލިމިޓެއް ނަމަވެސް ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެންކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މަސްވެރިކަން ރަނގަޅުވެ، ކަޅުބިލަ މަސް ލިބެން ފެށުމާއެކު ކަޅުބިލަމަހުގެ ބާވަތްތައް ކުރިއެކޭވެސް އެއްގޮތަށް ތާށިކަމެއް ނެތި ލިބެން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފްކޯއިން ބައިނަލްއަގުވާމީ ބާޒާރުގެ އަގުގައި މަސް ގަންނަން މިފަހުން ނިންމުމުން، މަސް ކިރާ އަގު ވަނީ ދަށްވެފައެވެ. އެގޮތުން ގަނޑު ނުކުރާ މަސް ކިލޯއެއް އެ ކުންފުނިން މިހާރު ގަންނަނީ 14 ރުފިޔާއަށެވެ. ގަނޑުކުރިމަސް ގަންނަނީ މަސް ކިލޯއެއް 16 ރުފިޔާއަށެވެ.