-Advertisement-

-Advertisement-

އޭލެވެލް ހައި އެޗީވަރސް އެވޯޑް ދިނުން ބުރާސްފަތިދުވަހުގެ ރޭ!

ހައި އެޗީވާސް އެވޯޑް ހަފްލާއެއްގެ ތެރެއިން

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ އެވޯޑު ދިނުމަށް ބާއްވާ ޙަފްލާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އެގޮތުން މަތީ ސާނަވީ، އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑް ދިނުމަށާއި އެ ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމަށް ބާއްވާ ރަސްމިޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭ ހުރަވީ ސްކޫލުގައި ބާއްވާ ރަސްމިއްޔާތުގައެވެ.

މި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒެވެ.

މިއަހަރު ރައީސްގެ ސްކޮލަޝިޕް 19 ދަރިވަރަކަށް ލިބެއެވެ. އަދި ހައި އެޗީވާސް އެވޯޑް 117 ދަރިވަރަކަށް ލިބެއެވެ.

މަތީ ސާނަވީ އިމްތިހާނުގައި މާއްދާތަކުން ވަކި ނަތީޖާއެއް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދެ އެވޯޑެއް ދެއެވެ.  އެއީ، ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭ ގޮތަށް، ފަސް މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ދޭ ރައީސްގެ ސްކޮލަޝިޕާއި، ދިވެއްސާއި އިސްލާމް ހިމެނޭ ގޮތަށް ފަސް މާއްދާއަކުން އޭ ގްރޭޑް ހޯދާ ދަރިވަރުންނަށް ދޭ ‘ހައި އެޗީވާސް އެވޯޑް” އެވެ.

ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް އެ ކުއްޖަކު ބޭނުން ގައުމަކުން ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓައިދޭނެއެވެ. ހައި އެޗީވާސް އެވޯޑުގައި ސްކޮލަޝިޕް ލިބެނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ގައުމުތަކަކުންނެވެ.

އެއީ، ރާއްޖޭގެ އިތުރުން ތައިލެންޑް، މެލޭޝިޔާ، ފިލިޕީންސް، ޗައިނާ އަދި ސާކް އާއި އޯއީސީޑީގެ ގައުމުތަކުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-