-Advertisement-

-Advertisement-

ކަނޑުގެ އުޅަނދުތައް މޮނީޓަރ ކުރުމަށް ދެ ޑްރޯން ގެންނަނީ

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދު: ވިދާޅުވީ ކަސްޓަމްސްއަށް އެމެރިކާއިންނާއި ޗައިނާއިން ދެ ޑްރޯން ގެނައުމަށް ނިންމާފައި ވާ ކަމަށް -ފޮޓޯ/ ކަސްޓަމްސް

ދިވެހިރާއްޖޭގެ އިޚްތިޞާސްގައި ހިމެނޭ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުތައް މޮނީޓަރ ކުރުމަށް ކަސްޓަމްސްއިން ދެ ޑްރޯން ގެންކަން ހާމަކޮށްފިއެވެ.

ޗައިނާ އާއި އެމެރިކާއިން ގެންނަ މި ދް ޑްރޯން ކަސްޓަމްސްއަށް ގެންނަކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުޙައްމަދެވެ.

މާނިއު ވިދާޅުވީ، ރާއްޖޭގެ ބޯޑަރަށް ވަންނަ ބޭރުގެ އުޅަނދުތައް މޮނިޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި ވަސީލަތްތައް މިހާތަނަށް ގާއިމުކުރެވިފައި ނެތްކަމަށެވެ.

އެގޮތުން އެ މައްސަލަ ހައްލުކުރުމަށްޓަކައި ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދެއްވެސް ހަމަޖެހިފައިވާކަން މާނިއުވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ހަމައެކަނި ކަސްޓަމްގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ މި އުޅަނދުތަކަށް އެހެން ބަޔަކަށް ނޭރޭނެކަމަށްވެސް މާނިއު ވިދާޅުވިއެވެ.

މިހާތަނަށް ބޯޑަރަށް ވަންނަ އުޅަނދުތައް މޮނިޓާކުރީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައި ކަން ފާހަގަކުރައްވައި، މާނިއު ވިދާޅުވީ ޑްރޯންތައް ލިބުމުން އެތަކެތި އޮޕަރޭޓް ކުރުމުގެ މަސައްކަތް ކުރާނީ ކަސްޓަމްއާއި އެމްއެންޑީއެފް ގުޅިގެން ކަމަށެވެ.

މާނިއު ވިދާޅުވީ، ކަސްޓަމްސްއިން ރާވާފައިވާ ގޮތަކީ ބޮޑެތި އުޅަނދުތައް މޮނިޓާ ކުރުމަށް އިތުރު އުޅަނދުތައް ނުވައްދައި ކޯސްގާޑާއި ހަވާލުކޮށްގެން ވެސަލްތައް ހިންގުން ކަމަށެވެ. އެ ވެލަސްތައް އޭރުން ކަސްޓަމްސްއަށާއި ކޯސްގާޑާށް ބޭނުންކުރެވޭނެ ކަމަށާއި ކޯސްގާޑުގެ ކެޕޭސިޓީ ވެސް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-