-Advertisement-

-Advertisement-

ލަންކާއަށް ކުޑަ ބިންހެލުމެއް އަތުވެއްޖެ

ފޮޓޯ: ދަހިންދޫ

ސްރީލަންކާގެ އަނޫރާދަޕޫރާ ސިޓީ އާއި ކަންތާލޭއާ ޓައުންއާ ދެމެދަށް މިއަދު ހަވީރު ރިކްޓަރ މިންގަނޑުން 2.7 މެގްނިޓިއުޑްގެ ކުޑަ ބިންހެލުމެއް އައިސްފައިވާ ކަމަށް ޖިއޮލޮޖިކަލް ސާވޭ އެންޑް މައިންސް ބިއުރޯއިން ވަނީ ހާމަކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.

މިއަދު ހަވީރު 5:12 އެހާކަންހާއިރު ބިންހެލުން ރެކޯޑް ކުރެވިފައިވާ ކަމަށް ބިއުރޯގެ ސިސްމިކް މޮނިޓަރިން ސެންޓަރުން ވަނީ ބުނެފައެވެ. އެސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ އަނޫރާދަޕޫރާގެ އިރުން ގާތްގަނޑަކަށް 41 ކިލޯމީޓަރު ދުރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ބިންހެލުމާއި ގުޅިގެން ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-