-Advertisement-

-Advertisement-

ބެންކޮކްގެ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގައި ހަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ބެންކޮކްގެ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގައި ހަ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި/ ފޮޓޯ: ރިޔުޓާރޒް

ބެންކޮކްގެ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގައި ހަ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ތައިލެންޑް ސަރުކާރުން އަންގާރަ ދުވަހު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތައިލެންޑްގެ އަޕްމާކެޓް ހޮޓަލެއްގައި ހަ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި އެގައުމުގެ ބޮޑުވަޒީރު ސްޓްރެތާ ތަބިސިން ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަށްވެސް މިކަމާއި ގުޅިގެން އެގައުމުގެ ފަތުރުވެރިކަމަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައި ކަމަށެވެ.

ބެންކޮކްގެ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގައި ހަ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި/ ފޮޓޯ: ރިޔުޓާރޒް

މީގެއިތުރުން މިމައްސަލަ އާއި ގުޅިގެން ތައިލެންޑް ފުލުހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ހަ މީހުންނަކީ ވެސް ތައިލެންޑުގެ ރައްޔިތުން ނޫން ކަމަށާއި އެއީ ފަތުރުވެރިންކަމަށެވެ.

މީގެ އިތުރުން، ތައިލެންޑް ފުލުސް އޮފިސަރަކު ހާމަކޮށްފައިވާ ގޮތުގައި ގްރޭންޑް ހަޔަޓް އެރަވަން ހޮޓެލްގެ ސްޓާފުންގެ ކޯލަކަށް އެހޮޓަލަށް ދިޔަ ފުލުހުންނަށް މަރުވި ފުރަތަމަ މީހާ ފެނުނީ ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ. ތައިލެންޑްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަ މީހުން މަރުވެފައި ވަނީ ބަޑީގެ ހަމަލާއެއްގަ އެވެ. އެހެންނަމަވެސް ފުލުހުންގެ އޮފިޝަލަކު ވަނީ މިރިޕޯޓްތައް ދޮގުކޮށްފައެވެ.

ބެންކޮކްގެ ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގައި ހަ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި/ ފޮޓޯ: ރިޔުޓާރޒް

“ބަޑީގެ ހަމަލާއެއްގެ އެއްވެސް ނިޝާނެއް ނުފެނޭ،” ފުލުހުންގެ އޮފިޝަލަކު ވިދާޅުވިކަމަށް ބައިނަލްއަޤްވާމީ ނޫހެއްކަމަށްވާ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ފުލުހުންގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ވިއެޓްނާމްގެ ރައްޔިތުން ވެސް ހިމެނެއެވެ.

ތައިލެންޑް ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލަކީ 350 ކޮޓަރީގެ މައްޗަށް އެކުލެވޭ ހޮޓަލަކަށްވާއިރު، މިހޮޓަލް ހުންނަ ސަރަހައްދަކީ ލަގްޒަރީ ޝޮޕިން އަދި ރެސްޓޯރެންޓްތައް ހުންނަ ސަރަހައްދެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-