-Advertisement-

-Advertisement-

ޙާފިޡްކަމުގެ ރަން ތާޖު 32 ފަރާތަކުން ހާސިލްކޮށްފި

ރައީސް ޑރ. މުއިއްޒު، ގުރުއާން ހިތުދަސް ހާފިޒަކަށް ރަން ތާޖު ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ޙާފިޡްކަމުގެ ސަނަދު ޙާޞިލްކުރާ ފަރާތްތަކަށް އަރުވާ ރަން ތާޖު، 32 ފަރާތަކުން ޙާޞިލްކޮށްފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި މި ފަރާތްތަކަށް ރަން ތާޖު ހަވާލުކޮށްދެއްވީ، އެ ރަސްމިޔާތުގެ ޝަރަފްވެރި މެހެމާން، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޙާފިޡްކަމުގެ ރަން ތާޖު ހާސިލުކުރި ފަރާތްތަކުގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި ބައެއް ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށެވެ.

އެގޮތުން އެ މަސައްކަތުގެ ދަށުން ހިލޭ ކީރިތި ގުރްއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރެވޭނެ ކަމަށާ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މީގެ އަހަރުތަކެއް ކުރިން ޙާފިޡުންނަކީ އިނގިލިން ގުނާލެވޭހަ މަދުބައެއް ނަމަވެސް ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ޙާފިޡުންނަށް ދެމުން އަންނަ އިނާޔަތް ދެގުނައަށް ބޮޑުކުރުން ކަމަށެވެ.

މީގެ އިތުރުން މި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޤުރްއާން ހިތުދަސްކުރަމުން އަންނަ ޙާފިޡުންގެ އަދަދު އިތުރުވަމުން އައުމުގެ ސަބަބުން އަންނަ އަހަރުން ފެށިގެން އެ ފަރާތްތަކަށް ރަން ތާޖު އެރުވުމުގެ ޙަފްލާ ވަކިން ޤައުމީ ފެންވަރުގައި ބާއްވަން ފަށްޓަވާނެކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-