-Advertisement-

-Advertisement-

މާލޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ހުރި ގްރެފިޓީތައް ނައްތާލަނީ

ާލޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ހުރި ގްރެފިޓީތައް ނައްތާލަނީ

މަލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކާއި ތަންތަނުގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް އެ މުއައްސަސާގެ ފަރާތުން ކުރަމުން ގެންދަ މައްސަކަތްތަކުގެ ތެރެއިން، މާލޭސިޓީގެ އެކި ސަރަހައްދުތަކުގައި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ލިޔެފައި ހުރި ގްރެފިޓީތައް ނައްތާލުމުގެ ހަރަކާތެއް ފަށައިފައި ވާކަމަށެވެ.

ފުލުހުންގެ ގޭންގު ކްރައިމް އެންފޯސްޓްމަންޓުން އިސްނަގައިގެން މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ލިޔުންތަކާއި ކުރެހުންތައް ނައްތާލާފައިވަނީ އެ ސަރަހައްދުތަކަކީ އާއްމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތް ކުރާ ސަރަހައްދުތަކަކަށް ވާތީ އާއި ކުޑަކުދިންނާ ނުގުޅޭފަދަ މަންޒަރުތަކާއި ލިޔުންތަކަށްވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ހުންނަ ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ސިލްސިލާގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ހަމައެޔާއެކު މާލޭ ސިޓީގައި ކުށްމަދު އަމާން ރަނގަޅު ވެއްޓެއް ގާއިމުކުރުމަށް ތަފާތު ހަރަކާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-