-Advertisement-

-Advertisement-

ހަށިވިއްކުމާއި ޑުރަގް އަދި ގޭންގު މަރާމާރީތަކުގައި ހަރަކާތްތެރިވި 206 ބިދޭސީއެއް ޑީޕޯޓްކޮށްލައިފި

ފޮޓޯ: ސަން އޮންލައިން

ހަށިވިއްކުމާއި ޑުރަގް އަދި ގޭންގު މަރާމާރީތަކުގައި ހަރަކާތްތެރިވި 206 ބިދޭސީއެއް ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައ އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ހަށިވިއްކުމުގެ މައްސަލަތަކުގައި 65 ބިދޭސީންނާއި، ޑުރަގު އަދި ގޭންގު މާރާމާރީތަކުގައި 141 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.

މިދެކުށުގައި ޖުމްލަ 206 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ އިރު، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 152 ރެއިޑް އޮޕަރޭޝަނެއް ހިންގާ 2،069 ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވޭތުވެދިޔަ އަށް މަސް ތެރޭ އިމިގްރޭޝަނުން އެކި ކުށްތަކުގައި އަތުލައިގަނެ ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ ތަފާސް ހިސާބުތައް ވެސް ނޫސްވެރިންނާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާ މުއާމަލާތްކުރުމުގެ ކުށުގައި 8 ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ. އަދި ހަށިވިއްކުމުގެ މުއާމަލާތްކުރުން ކުށުގައި 65 ބިދޭސީއަކު، ޑުރަގު އަދި ގޭންގު މާރާމާރީގެ ކުށުގައި 141 ބިދޭސީއަކު އަދި އިމިގްރޭޝަނުން ބަލަމުންދާ އެކި މައްސަލަތަކުގައި ހޯދާ ފަރާތްތަކުގެ ތެރެއިން 15 ޑީޕޯޓްކޮށްލާފައިވާއިރު، ވިސާ ނުވަތަ ލިޔެކިޔުމަށް ބަދަލު ގެނެސްފައިވާތީވެ 9 ބިދޭސީއަކު ވަނީ ޑީޕޯޓްކޮށްފައެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން

މިހާތަނަށް 2،069 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށާއި މިހާރުވެސް އިމިގްރޭޝަނުން އަންނަނީ ނުގަވާއިދުން އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރަމުން ކަމަށެވެ.

ރާއްޖޭގައި ގަވާއިދާއިޚިލާފަށް ބިދޭސީން އުޅޭ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ހޯމް މިނިސްޓްރީން ވެސް އަންނަނީ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރަންޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-