-Advertisement-

-Advertisement-

ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ: ފުއާދު ތައުފީގު

ފޮޓޯ: ހަތާވީސް

ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު ތައުފީގު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށް ސުވާލު ކުރުމުންނެވެ. މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ޙުސައިން ވަނީ ދެ އިންތިޚާބު އެއްކޮށްލުމުން ޚަރަދު ކުޑަކުރެވޭނެ މިންވަރާއި ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނާއި ސުވާލު ކުރައްވާފައެވެ.

މިސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ތައުފީގު ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމުން ދައުލަތުގެ ބަޖެޓުން 130 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

އިތުރު ތަފްސީލް ދެއްވަމުން ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން ވަރަށް ގިނަ ހަރަދުގެ ދެބައި ކުޅަ އެއްބައި ސަލާމަތް ވާނެ ކަމަށެވެ.

“ވަރަށް ގިނަ ޚަރަދުތައް އެއްކޮށް ކުރުމުގެ ސަބަބުން ގާތްގަނޑަކަށް ހާފަށް [ޚަރަދު] ކުޑަވެގެންދާނެ،” ފުއާދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ރައްޔިތުންނަށް ފެންނަ ކަމުގައިވާނަމަ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް އިއުލާންކޮށްފައެވެ.

މިފަދައިން މިއިސްލާހު ގެންނަން ރައީސް ހުށަހެޅުއްވީ މިދިޔަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ރިޔާސީ އިންތިހާބުގައި 180 މިލިއަން ރުފިޔާ އަދި ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް 120 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާތީވެ އެވެ. މިދެ ރިޔާސީ އިންތިހާބުގެ ދެމެދުގައި އޮންނަނީ ހައެއްކަ މަހުގެ ތަފާތު ކަމަށް ފާހަގަކޮށް، ރައީސް ވަނީ ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތަށް ބޮޑު ހަރަދެއް ސަލާމަތްވާނޭ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. މި މަހުގެ ހަތްވަނަ ދުވަހު ގާނޫނުއަސާސީއަށް މިއިސްލާހު ގެނައުމަށް ރައީސް އިއުލާން ކުރައްވާފައިވާއިރު، ރައީސްގެ ވިސްނުންފުޅަކީ މަޖިލީހުގެ ދައުރު 2028 އަށް ކުރުކޮށްލައި، އެ އަހަރުގެ ރިޔާސީ އިންތިޚާބާ އެކު މަޖިލީސް އިންތިޚާބު ވެސް ބޭއްވުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-