-Advertisement-

-Advertisement-

އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފުވާގޮތަށް ހުރި ގްރެފިޓީތައް ފޮހުމަށް ކެމްޕެއިނެއް ފަށައިފި

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޙިދުމަތް ގުޅިގެން އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފުވާގޮތަށް މާލޭގެ އެކި ސަރަޙައްދުތަކުގައި ގްރެފިޓީތައް ފޮހުމަށް ކެމްޕެއިނެއް ފަށައިފިއެވެ.

މިއީ ކުށުން އެއްކިބާވެފައިވާ، ރައްކާތެރި މުޖުތަމައެއް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފޮޓޯ: މާލެ ސިޓީ ކައުންސިލް

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިކެމްޕެއިންގެ މަގުސަދަކީ އާންމުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ފެންނަން އެކަށީގެންނުވާ ލިޔުންތަކާއި ކުރެހުންތައް އާންމު ތަންތަނުން ފޮހުން ކަމަށާއި މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ބައިބަޔަށް ބަހާލައިގެން ކަމަށެވެ.

ފޮޓޯ: މާލެ ސިޓީ ކައުންސިލް

ފުލުހުންގެ ގޭންގު ކުށް ހުއްޓުވުމަށް ޚާއްސަ ޔުނިޓުން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭންގެ މަގުސަދަކީ މާލޭގެ ރީތިކަން އިތުރުކުރުމާއި އާންމު ތަންތަން ހުރިހާ ފަރާތްތަކަށް ހާއްސަކޮށް ޒުވާނުންނަށް މަރުޙަބާކިޔާ އަދި ރައްކާތެރި ތަންތަނަށް ހެދުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-