-Advertisement-

-Advertisement-

އެމެރިކާގެ ރައީސް ބައިޑެން ކޮވިޑަށް ފައްސިވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ސީއެންއެން

އެމެރިކާގެ ރައިސް ޖޯ ބައިޑަން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެގޮތުން ބުދަ ދުވަހު ލާސް ވޭގާސްގައި ބައިޑަން ދަތުރުފުޅެއްގައި އުޅުއްވަނިކޮށް ކޮވިޑް-19 އަށް ފައްސިވެ، ބަލީގެ “ކުދިކުދި އަލާމާތްތައް” ފެނިފައިވާކަމަށް ވައިޓްހައުސްއާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.

އެމެރިކާގެ ޕްރެސް ސެކްރެޓަރީ ކެރީން ޖީން-ޕިއޭ ވިދާޅުވީ، ޑެލަވެއަރގައި ހުންނަވާ އެ ބޭފުޅާގެ ގެކޮޅުގައި އެކަހެރިވެ ވަޑައިގަންނަވާނެ ކަމަށާއި އެހެން ނަމަވެސް އެކަހެރިވެ ވަޑައިގެން ހުންނަވާ މުއްދަތުގައިވެސް މަޤާމުގެ އެއްމެހައި މަސްއޫލިޔައްތުތަކެއް އަދާކުރައްވާނެ ކަމަށެވެ.

ހަމަ އެޔާއެކު، ލާސް ވޭގާސްގައި ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، އެ ކޮންވެންޝަންގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށް ވަޑައިނުގެންނެވުމުން ޔުނައިޓެޑްއެސްގެ ރައީސް އަދި ސީއީއޯ ޖެނެޓް މުރުގުއިއަށް ގުޅުއްވާ އެ ޚަބަރު ދެއްވި ކަމަށާއި އަދި ބައްދަލުނުކުރެވޭތީ ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށް ބައިޑަން ވިދާޅުވި ކަމަށް މުރުގުއިއާ ޙަވާލާދީ ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައިޑަންގެ ޑަކްޓަރ ވިން އޯކޮނަރ ވިދާޅުވި ގޮތުގައި ބައިޑަން މެންދުރުފަހު ފާހަގަކުރެވުނީ މަތީ ނޭވާލާ ނިޒާމުގެ އަލާމާތްތަކެއް ކަމަށާއި އޭގެ ތެރާގައި ނޭފަތުން ފެން އައުމާއި ކެއްސުން ހިމެނެއެވެ.

ނޮވެމްބަރު މަހުގެ އިންތިޚާބުގެ ކުރިން ހިސްޕެނިކް ވޯޓަރުން އެއްކުރުމުގެ މަސައްކަތުގެ ތެރެއިން، ބުދަ ދުވަހުގެ މެންދުރުފަހު ލާސް ވޭގާސްގައި ބޭއްވުނު ޔުނައިޓެޑް އިވެންޓުގައި 81 އަހަރުގެ ބައިޑަން، އެއް ގަޑިއިރާއި ތިރީސް މިނެޓް ކުރިން މުހާތަބުކުރަން ހަމަޖެހިފައިވީނަމަވެސް ބަލި ހާލަތު ދިމާކުރި ގޮތުން އެކަން ވަނީ ފަސްކުރެވިފައެވެ.

އަދި އެކަން އެއްވުމުގެ ބައިވެރިންނަށްވެސް ވަނީ އަންގައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-