-Advertisement-

-Advertisement-

ކުރީގެ ރައީސް ޞާހިޙާއި އާއިލާއަށް ރައީސް މުއިއްޒު ތަޢުޒިޔާ ފޮނުއްވައިފި

ރައީސް ޑރ މުހައްމަދު މުއިއްޒު؛ ފޮޓޯ/ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިޙަށާއި އެމަނިކުފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުވައްވައިފިއެވެ.

ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު، މުއުމިނާ ހުސައިން ފުޅު އަވަހާރަވެފައިވަނީ، އާލާސްކަންފުޅަކަށް ފަރުވާކުރައްވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލްގައެވެ.

އެކަނާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.

ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޞާލިހްގެ މަންމާފުޅު، އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ އާއިލާ އަށް ހިތުގެ އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށާއި،  އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.

އަދި މާތްﷲގެ ތަނަވަސް ރަހްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމާ މުއުމިނާ ހުސައިންފުޅު ލެހެށްޓެވުން އެދި ވަނީ ދުޢާކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީ މުއުމިނާގެ ދަރިކަލުންނެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހު އާއި ރާއްޖޭގެ ބައެއް ވެރިންގެ ސެކްރެޓަރީކަން ކުރެއްވި ފާތުމަތު ސޯލިހަކީ ވެސް މޫމިނާގެ ބޭފުޅުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-