މ މުއްޔަށް ކަރަންޓް ދެމުން ގެންދިޔަ އިންޖީނުތަކަށް ދިމާވި މައްސަލަޔަކާއި ގުޅިގެން އެ ރަށުން އިއްޔެއިން ފެށިގެން ކަރަންޓް ކެނޑުނުތާ 28 ގަޑި އިރު ފަހުން އެ މައްސަލަ ހައްލުކުރުމަށްޓަކައި އެ ރަށަށް އައު ޖަނަރޭޓަރެއް ގެންގޮއްސިއެވެ.
މިކަން ހާމަކޮށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، މުލިން ކަރަންޓް ކެނޑުނު ސީދާ ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވީ ނަމަވެސް އެ ރަށުގެ ކަރަންޓްގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޯޓުގެ އައު ޖަނަރޭޓަރެއް މިހާރު އެ ގެންދެވިފައިވާކަމަށެވެ.
އަދި އެ ޖަނަރޭޓަރު ހަރު ކުރުމުގެ މަސައްކަތް ހަލުވި ކަމާއިއެކު މިހާރު ކުރިއަށް ގެންދާކަމަށް އެ ކުންފުނިން ބުނެއެވެ.
މީެގ އިތުރުން ފެނަކައިން ބުނެފައިވަނީ، މުލިން ކަރަންޓް ކެނޑުނު ނަމަވެސް އެކި ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ 30 މިނެޓަކުން ކަރަންޓު ދެމުން އަންނަ ކަމަށާއި އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ކަރަންޓު ދޫކުރި ނަމަވެސް އެންމެ ފުރިހަމައަށް ޚިދުމަތް ނުދެވޭކަމަށެވެ.
އެ ރަށުން ކަރަންޓު ކެނޑި ގިނައިރުތަކެއް ވެފައިވާތީ އެ ރަށު ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަދި ކަރަންޓް ކެނޑި ގިނަ އިރު ވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް އެ ކުނފުނިން ވަނީ މައާފަށް އެދިފައެވެ.