-Advertisement-

-Advertisement-

ވިސާ ނުލައި 60 ދުވަސްވަންދެން ތައިލެންޑްގައި ތިބެވޭގޮތަށް ހަމަޖެހިއްޖެ!

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ވިސާއަކާއި ނުލައި އެ ޤައުމުގައި 60 ދުވަސް ވަންދެން ތިބެވޭގޮތަށް ހަމަޖެހިއްޖެއެވެ.

ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވާގޮތުގައި މި އުސޫލު ހަމަ ޖެހިފައިވަނީ، ތައިލެންޑުގެ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން ކަމަށާއި އައު އުސޫލުގެ ދަށުން 2024 ޖުލައި 15 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ރާއްޖެއާ ތައިލެންޑާ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލަންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 (ފަސްދޮޅަސް) ދުވަހު ތައިލެންޑުގައި ހުރެވޭގޮތަށް މިހާރު ހަމަޖެހިފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ވިސާގެ މުއްދަތު އިތުރުކުރުމަށް އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ  ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 (ތިރީސް) ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭގޮތަށް ހަމަޖެހިފައިވާކަމަށްވެސް ޚާރިޖީވުޒާރާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ރާއްޖޭން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހިން ދަތުރަށްފެށުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސްއެއް ހޯދުމުގެ މުހިއްމުކަން ފާހަގަކޮށް އެ ވުޒާރާއިން ވަނީ، ރާއްޖެއިން ބޭރުގައި ދަތުރުތަކުގައި އުޅޭއިރު އެ ޤައުމުތަލުގެ ޤާނޫނާއި ޤަވާއިދުތަކަށް ޙުރިމަތްތެރިކޮށް ހިތުމަށް އެ ވުޒާރާއިން އިލްތިމާސް ކުރެއެވެ.

މީގެ ކުރީން އޮތް ގޮތުން، ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑްގައި ތިބެވެނީ 30 ދުވަސް ވަންދެނެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-