-Advertisement-

-Advertisement-

އޭ ލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ސްކޮލާޝިޕް ދެއްވައިފި

އޭ ލެވެލް އިމްތިހާނުގައި އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމަށް ބޭއްވުނު ރަސްމިއްޔާތު. ފޮޓޯ: މިހާރު

މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާޝިޕް، މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށް ދީފިއެވެ.

އޭލެވެލް އިމްތިހާނުގައި ރައީސްގެ ސްކޮލާޝިޕް ލިބުނީ ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ 6 ދަރިވަރަކާއި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ 6 ދަރިވަރެއްގެ އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ 4 ދަރިވަރެއްގެ އިތުރުން އަރަބިއްޔާ ސްކޫލުގެ 3 ދަރިވަރަކަށެވެ.

އެއްވަނައިގައި ހިމެނުނު 19 ދަރިވަރުން:

  • ތީބާ އަލީ ޝަފީއު – ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް
  • އައިޝަތު ޖަނާން އަހުމަދު – ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް
  • އަހުމަދު ޒާހު ވަދީފު – ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް
  • ރަޔާން އަހުމަދު އަލީ – ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް
  • އައިޝަތު ލީސާ ސައީދު – ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް
  • މައިހާ ހަސަން މުހައްމަދު – ވިލާ ހައި އިންޓަނޭޝަނަލް ސްކޫލް
  • އަބްދުﷲ ޒަޔާން ޒުހުރީ – ސީއެޗްއެސްއީ
  • އަލި ސައުދާން ޝަހީން – ސީއެޗްއެސްއީ
  • ހަސަން ބަނީން ޝުރޫތް – ސީއެޗްއެސްއީ
  • މުހައްމަދު އަބާން – ސީއެޗްއެސްއީ
  • މުހައްމަދު ލޫތް އިބްރާހިމް ޒިޔާއު – ސީއެޗްއެސްއީ
  • މުހައްމަދު ސާމިހް ޝަފީގް – ސީއެޗްއެސްއީ
  • އަބްދުﷲ ފިރުޒާން އަހުމަދު – އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • ލަޔާން މުހައްމަދު ރަޝީދު – އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • ރަޒާން އިބްރާހިމް ރަޝީދު – އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • ޔުމްނު ޔަމާން އަލީ – އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • އަބްދުލް މަތީން މުހައްމަދު – އަރަބިއްޔާ ސްކޫލް
  • ހުސެއިން ވާއިލް މުހައްމަދު – އަރަބިއްޔާ ސްކޫލް
  • ފާތިމަތު އިމްޝާ އިބްރާހިމް – އަރަބިއްޔާ ސްކޫލް

މީގެ އިތުރުން 117 ދަރިވަރުންނަށް “ހައި އެޗީވަރސް ސްކޮލަރޝިޕް” ލިބިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރޭ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނުގެ އަނަބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަރިވަރުން ހޯދި ކާމީޔާބީ ފާހަގަކުރައްވާ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސްކޮލަރޝިޕްގެ ފުރުޞަތަކީ ބޮޑު ޒިންމާއެއްކަމުގައި ޤަބޫލުކޮށް މިއީ ޤައުމަށް ޚިދުމަތްކުރުމަށް ލިބިގެންދާ ފުރުޞަތެއްކަމުގައި ދެކިގެން އައު ހިތްވަރަކާއެކު މަސައްކަތް ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި މަތީ ސާނަވީ އިމްތިޙާނުން މަތީ ދަރަޖަތައް ޙާސިލުކުރި 136 ދަރިވަރުންނަށްވަނީ ސްކޮލަރޝިޕް ޙަވާލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-