ކާނާ ވިހަވުމުގެ ސަބަބުން ހާލު ގޯސްވެ އައިސީޔޫގައި މިހާރު ފަރުވާ ދެމުން ދަނީ 1 ދަރިވަރަކަށެވެ.
އައްޑޫ ޕޮލިސް އެކަޑަމީގައި ކިޔަވަމުންދިޔަ ދަރިވަރުންގެ ތެރެއިން 32 ވަރަކަށް ވަނީ ކާނާ ވިހަވުމުގެ ސަބަބުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ. އޭގެ ތެރެއިން ހަތަރު ކުއްޖެއްގެ ހާލު ގޯސްވުމުގެ ސަބަބުން އައިސީޔޫގައި ފަރުވާ ދީފައިވާއިރު، މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ 1 ކުއްޖަކަށެވެ.
އައިސީޔޫގައި ފަރުވާދެމުންދިޔަ ދަރިވަރުންގެ ތެރެއިން 1 ދަރިވަރަކު ވޯޑަށް ބަދަލުކޮށްފައިވާއިރު، ދަރުވަރުގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށާއި މިހާދިސާ މެދުވެރިވުމަށް ދިމާވި ސަބަބުތައް ދެނެގަތުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.