-Advertisement-

-Advertisement-

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މައްސަލައެއްގައި އެމީހާ ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރުން ސާފުވާ ގޮތުގައި މިމައްސަލާގައި ޝިކާރައަކަށްވެފައި ވަނީ އަންހެނެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހު މަކަރާއި ހީލަތުން ޑޮލަރުގެ ވިޔަފާރި ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

“މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި،” ފުލުހުންގެ މެސެޖްގައި އިތުރަށް ބުނެފައިވެ އެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މީގެ ކުރިންވެސް އެކި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް މިމައްސަލާގައި ކުރާ ތުހުމަތުތަކަށްވެސް އޭނާ ވަނީ އިންކާރުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-