-Advertisement-

-Advertisement-

ބަންގްލަދޭޝްގެ މުޒާހަރާތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި ދިވެހި އިންޓާން ޑޮކްޓަރުން ވެސް ބައިވެރިވޭ

ބަންގްލަދޭޝްގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި، އެ ގައުމުގައި އިންޓާންޝިޕް ހަދާ ދިވެހި ޑޮކްޓަރުން ވެސް ބައިވެރިވާކަން ހާމަވެއްޖެއެވެ.

ބަންގްލާދޭޝްގެ ޗިޓަގޮންގްގައި ހުންނަ ސީއެމްސީއެޗަކީ ދިވެހި އިންޓާން ޑޮކްޓަރުން މަސައްކަތްކުރާ އެއް ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ހަމަނުޖެހުންތަކުގައި އަނިޔާވި ބައެއް މީހުންނަށް ފަރުވާދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން މި ވަގުތު އޮތީ އެ ގައުމުގެ އިންޓަނެޓާއި މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައެވެ. އެހެންނަމަވެސް އެ ގައުމުގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅުކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-