-Advertisement-

-Advertisement-

ފަލަސްތީނުގެ ބިމުން އިޒްރޭލު ފެއިބުމަށް އައިސީޖޭއިން ލަފާދީފި

އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ދެމުންދާ ލާއިންސާނީ ހަމަލާތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއްކަމަށާއި ވީ އެންމެ އަވަހަކަށް މި ކަން ހުއްޓާލައި ފަލަސްތީނުގެ ބިންތަކުން ޔަހޫދީން ފައިބަންޖެހޭނެކަމަށް އދ.ގެ އެންމެ މަތީ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފިއެވެ.

އިއްޔެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ނެރުނު ލަފާއާ ގުޅިގެން އިޒްރޭލުން ބުނަނީ މިއީ ހުސް ދޮގުގެ މައްޗަށް ނިންމާފައިވާ މައްސަލައެއްކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ބުނީ އައިސީޖޭގެ ނިންމުމުގައި ހުރީ ދޮގުކަމަށެވެ.

“ޔަހޫދީންނަކީ އެ މީހުންގެ އަމިއްލަ ބިމުގައި ތިބޭ ބައެއް. އެއީ ހިސާރުކޮށް އަޅުވެތިކުރާ ބައެއް ނޫން،” ނަތަންޔާހޫ ބުނެފައިވެއެވެ.

އައިސީޖޭއިން ނެރެފައިވާ ލަފާއަކީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫނެވެ. އައިސީޖޭގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ނަވާފް ސަލާމް ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ދެމިއޮތުމަކީ ގާނޫނާ ހިލާފު އަމަލެއްކަމަށް ކޯޓުން ކަނޑައަޅާފައިވާކަމަށެވެ.

އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ މީހުން ވެސް އެ ތަންތަން ދޫކޮށް ދާންޖެހޭނެކަމަށް އައިސީޖޭން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-