-Advertisement-

-Advertisement-

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަޙުޤީޤަށް ބިދޭސީއަކު ހޯދަން އިއުލާނުކޮށްފި

ފުލުހުން ހޯދަމުން އަންނަ ބިދޭސީ މީހާ- ފޮޓޯ: ފުލުހުން

ފުލުހުން ތަޙުޤީޤު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް އެ އިދާރާއިން އިއުލާނުކޮށްފިއެވެ.

އެގޮތުން ފުލުހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ އިދާރާއިން ތަޙުޤީޤު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 23 އަހަރުގެ ޓަފްޖޮލް މިޔާ، ހައްޔަރުކުރުމަށްޓަކައި ހޯދުމަށް އިއުލާނުކުރާ ކަމަށެވެ.

ޓަފްޖޮލް މިޔާ ހައްޔަރުކުރުމަސް ހޯދަމުން އަންނަނީ މި މަހުގެ 18 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެންކަމަށްވެސް ފުލުހުންގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަދީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭ ތަނެއް އެނގިއްޖެ ނަމަ ހުޅުމަލޭ ދެވަނަ ފިޔަވަހި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 ށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލުމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ހޯމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުލުހުން އަންނަނީ އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގަންނަމުންނެވެ. އަދި ގިނަ އޮޕަރޭޝަންތަކަކުން މި ފަހަކަށް އައިސް ބިދޭސީން ވެސް ހައްޔަރުކުރާކަން ފާހަގަ ކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-