-Advertisement-

-Advertisement-

ރަސްމީ ދަތުރުފުޅެއްގައި 3 ވަޒީރަކު ޗައިނާއަށް

ރަސްމީ ދަތުރުފުޅެއްފައި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު އަދި ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް، ޗައިނާއަށް ފުރާވަޑައިގެންފިކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

އިއްޔެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ދަތުރުފުޅަކީ، ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ޗައިނާގެ ޚާރިޖީ ވަޒީރާއި ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާ ގިނަ ކަންކަން މަޝްވަރާ ކުރައްވަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ޗައިނާގެ ގިނަ ކުންފުނިތަކަކާ މި ދަތުރުފުޅުގައި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-