-Advertisement-

-Advertisement-

ފޭރުމުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މާލޭގައި ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި ފޭރުނު މައްސަލައެއްގައި ހދ ކުޅުދުއްފުށްޓަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވާކަމަށެވެ.

އެގޮތުން އެ އަންހެން މީހާގެ މައްޗަށް ކުށްސާބޮތު ކުރެވޭ ވަރަށް އެ ކޯޓަށް ހެކި ހުށަހަޅައިފައިވާއިރު އޭގެ ތެރޭގައި ފުލުހުންގެ ހާދިސާގެ ރިޕޯޓާއި، ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓް ރިޕޯޓް ހިމެނެއެވެ

މީގެ އިތުރުން އޭނާ ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި އެ އަންހެން މީހާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.

އޭނާއަކީ ހައްޔަރު/ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ.

މިދިޔަ ޖޫން މަހުގެ ވައްކަމާއި ފޭރުމުގެ މައްސަލަތައް މަދެވެ. މިދިޔަ ޖޫން މަހުގެ ޖުމްލަ 1،023 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނުއިރު، އޭގެ ތެރެއިން 315 މައްސަލަ އަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ފޭރުމުގެ 29 މައްސަލައެއް ހުށަހެޅިއެވެ..

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-