-Advertisement-

-Advertisement-

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލިމީހާ އެއް މަހަށް ބަންދު!

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

އަމީނީ މަގުގައި ހިންގަމުން އަންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މީހާ އެއް މަސްދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް އޭނާ ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައެވެ.

މީގެ އެއްދުވަސް ކުރިންވެސް ކޭއެފްސީގެ ބިއްލޫރިގަނޑު ވަނީ ދެވަނަ ފަހަރަށް ތަޅާލައިފައެވެ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑުތައް ދެ ފަހަރެއްގެ ތަޅާލާފައިވާއިރު، ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް މީގެ ކުރިން ވެސް އެތަނަށް ކަޅުތެޔޮ ޖަހައި ކޭއެފްސީ ކުރިމަތީގައި މުޒަހާރާ ކޮށްފައިވެއެވެ. އަދި ކެއެފްސީއަކީ އިސްރާއީލަށް އެހީވާ ކުނފުންޏެއް ކަމަށްބުނެ  އެތަން ބޯއިކޮޓް ކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-