ޓިކްޓޮކް ލައިވަކާ ގުޅިގެން ކުރިމަތިވި ހަމަނުޖެހުމެއްގައި މާރާމާރީއެއްގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ދެމީހުން ހައްޔަރު ކުރީ ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމެއްގައި މިއަދު މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުންކަމުގެ ތުހުމަތުގައެވެ.
އެހެންނަމަވެސް މިހާރު އެދެމީހުންވެސް ދޫކޮށްލާފާވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް ޓިކްޓޮކް ލައިވްއެއްގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފްވި ފިރިހެނެއް ވަނީ ޖަލަށްލާފައެވެ.