-Advertisement-

-Advertisement-

އޮގަސްޓު 1 އިން ފެށިގެންއީ ސިނގިރޭޓު އެތެރެކުރަން ދޭ އިނާޔަތް ކަނޑާލަނީ

ކަސްޓަމްސް ބިލްޑިންގް

އީ ސިނގިރޭޓު އެތެރެކުރަން ދޭ އިނާޔަތްތައް އޮގަސްޓު 1 އިން ފެށިގެން ކަނޑާލާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެތީގެ ތެރެއިން ދުންފަތް، ނިކޮޓިން އެކުލެވޭ ބާވަތްތައް އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތައް އޮގަސްޓް 1 އިން ފެށިގެން ޑިއުޓީ އިނާޔަތް ދިނުމުން އިސްތިސްނާވާނެ ކަމަށެވެ.

އީ ސިނގިރޭޓު އެތެރެކުރަން ދޭ އިނާޔަތްތައް ކަނޑާލުމާއި ގުޅިގެން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނިޔާޒް ވިދާޅުވީ ރާއްޖެއިން ސިއްހަތާ ގުޅުންހުރި ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސޮއިކޮށްފައިވާ ކަމަށާއި ދުންފަތުގެ ބާވަތްތަކަށް އިސްތިސްނާއެއް ދިނުމަށް އެ މުއާހަދާތަކުން ބާރުނާޅާ ކަމަށެވެ. އަދި އެހެންކަމުން އަންނަ މަހުން ފެށިގެން ދުންފަތުގެ ބާވަތްތަކަށް ދެމުން ދިޔަ އިނާޔަތް ކަނޑާލަން ނިންމާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ރާއްޖެ އެތެރެކުރާ ބައެއް ތަކެއްޗަށް ދެމުންދާ އިނާޔަތް އެއްކޮށް ކަނޑާލަން ކަސްޓަމްސް އިން ނިންމާފައިވާއިރު، އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ވޭޕްކުރަން ގެންގުޅޭ ސާމާނާއި އެނާޖީ ޑްރިންކާއި އެއްގަމު އުޅަނދުފަހަރު ހިމެނެއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ މި ބަދަލާ އެއްކޮށް އެއްގަމު އުޅަނދުފަހަރު އެތެރެކުރުމަށް ވެސް އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށެވެ. އަދި މިފަދައިން ނިންމުމުގެ ބޭނުމަކީ ރާއްޖެ ބައިބޯވުމަށް ހުރި ފުރުސަތުތައް ހަނިކުރުން ކަމުގައި ނިޔާޒް ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-