-Advertisement-

-Advertisement-

ޖިންސީ އެދުންވެރިކަމަށް ބޭނުންކުރާ ރައްކާތެރި ނޫން މާމުއި ދައުރުވަނީ!

ޖިންސީ އެދުންވެރިކަން އިތުރު ކުރުމަށް ބޭނުން ކުރާ ރައްކާތެރި ނޫން ދެ ވައްތަރެއްގެ މާމުޔެއް ރާއްޖޭގައި ވިއްކަމުންދާތީ އެކަމާމެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެ އޮތޯރީޓީން ވިދާޅުވީ، ޖިންސީ އެދުންވެރިކަން އިތުރު ކުރުމަށް ބޭނުން ކުރާ ޑޮކްޓަރީ ބޭހެއް ކަމަށްވާ ޓަޑަފިލް އަދި ސިލްޑެނަފިލް ހިމެނޭ ދެ ވައްތަރެއްގެ މާމުއި ވިއްކަމުންދާތީ އެކަން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމުންގެ ސަމާލުކަމަށް ގެނެވިފައިވާކަމަށެވެ.

އެހެން ނަމަވެސް  އެމެރިކާގެ ކާބޯތަަކެއްޗާއި ބޭހާއި ގުޅޭ އެފްޑީއޭ އިން ވެސް ރައްކާތެރި ނޫން ކަމަށް ފާހަގަކޮށްފައިވާ މި އުފެއްދުންތައް އަނެއްކާވެސް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާކަން ފާހަގަކޮށް އެ އޮތޯރިޓީން ވަނީ އެ ތަކެތި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގައިފައެވެ.

“ބްލެކް ހޯސް ވައިޓަލް” ހަނީ، އާއި “އެޓުމެކްސް ރޯޔަލް ހަނީ ފޯ މެން” ނަމަކަށް ކިޔާ މި ދެ މާމުއި ނުވިއްކުމަށް އަންގައި މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީން ވަނީ މި ދެ މާމުއިގައިވެސް ގެއްލުންދެނިވި ބޭހެއް ކަމަށްވާ ޓަޑަފިލް އަދި ސިލްޑެނަފިލް ހިމެނޭކަމަށް އަންގައިފައެވެ.

މީގެ އިތުރުން ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ އެފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްވާވެދާނެ ފަދަ ކަމެއް ކަމަށް އެމްއެފްޑީއިން ބުނެފައިވެއެވެ. އެހެންކަމުން އެފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އެފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއިން ނެރުނު އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-