-Advertisement-

-Advertisement-

ހުޅުމާލޭގެ 1000 ފްލެޓްގެ މަރާމާތުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ 1000 ފްލެޓު މަޝްރޫއުގެ ދަށުން އެޅި ފްލެޓުތައް ސާފުކުރަނީ

ހުޅުމާލޭ 1000 ފްލެޓް މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަދު ފެށި މި މަސައްކަތުގެ ދަށުން ފްލެޓްގެ ބޭރުގެ އާބާތުރަ ފިލުވައި ކުލަލައި އާކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެޗްޑީސީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ފްލެޓްތަކުގެ ކުލަ އައުކުރުމުގެ އިތުރުން އެ ފްލެޓްތައް ހިމެނޭ ސަރަހައްދުތައް ސާފުކުރުންވެސް ކުރިއަށްދާނެ ކަމަށެވެ.

ރައީސް ޔާމީންގެ ދައިރުގައި ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ 1000 ފްލެޓް މަޝްރޫޢުގެ ދަށުން އަޅައިފައިވާ ފްލެޓްތަކުގެ އާބާތުރަ ފިލުވައި ކުލަ އައު ކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެޗްޑީސީން ވަނީ ކުރިއަށް ގެންގޮއްސައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-