-Advertisement-

-Advertisement-

ބައި-އިލެކްޝަންތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުކަމުން އީސީން މަޖިލީހަށް

އިލެކްޝަންސް ކޮމިޝަން. ފޮޓޯ: ރާއްޖެ އެމްވީ

ބައި-އިލެކްޝަންތަކުގައި ވޯޓުލާ މީހުންގެ އަދަދު ފަހަރަކަށް ވުރެ ފަހަރެއް މަދުވަނީ، އެ އިންތިޚާބުތަކަށް ރައްޔިތުންގެ ޝައުގުވެރިކަން ކުޑަވުމުންކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ މި ކަމާ ބެހޭ ގޮތުން އިއްޔެ ވަނީ ރާއްޖޭގެ ނޫހަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. އެ ބޭފުޅާ ވިދާޅުވި ގޮތުގައި ބައި-އިލެކްޝަންތަކަށް އާންމުންގެ ޝައުގު ކުޑަވުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. އަދި ބައި-އިލެކްޝަންތަކަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހާ ގުޅިގެން ކުރިއަށްގެންދާކަމަށް ވެސް ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވެއެވެ. އެގޮތުން ނިޒާމުގައި މައްސަލަތަކެއް އުޅޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހާ މަޝްވަރާ ކުރެވުނުކަން އެ ބޭފުޅާ ވަނީ ހިއްސާ ކުރައްވާފައެވެ.

ނިމިދިޔަ 19 ވަނަ މަޖިލީހާ ވެސް މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާނެކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވެއެވެ.

އިއްޔެ މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުނުލާ މީހުންގެ އަދަދަކީ 9584ކެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 73 އިންސައްތަ މީހުންނެވެ.

އެންމެ ފަހުން ބާއްވާފައިވާ ރިޔާސީ އިންތިޚާބާއި ސިޓީ ކައުންސިލަށް މޭޔަރަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދުކަން އީސީން މީގެ ކުރިން ފާހަގަކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-