-Advertisement-

-Advertisement-

ސްރީލަންކާ އާއިއެކު މުއާހަދާގައި ބައިވެރިވާން މަޖިލީހުން ރުހުން ދީފި

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމާ ގުޅޭގޮތުން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު ހެދޭ މުއާހަދާގައި ރާއްޖެ ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މަޖިލީހުން މިއަދު ސްރީލަންކާ އަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދިނުމާ ގުޅޭ މުއާހަދާގައި ބައިވެރިވުމަށް ރުހުންދީ ފާސްކޮށްފައިވަނީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

ސްރީލަންކާ އާއިއެކު މިމުއާހަދާގައި ބައިވެރިވުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ރާއްޖެ އާއި ސްރީލަންކާގެ ދުވަސްވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވުމަށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ބޭނުމަށް އެކުލަވާލި މުއާހަދާގައި ބައިވެރިވުމަށް ފެންނަ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މިސިޓީ އާއިއެކު ރައީސް ވަނީ މުއާހަދާ އަށް އަމަލުކުރުމާ މެދު ގޮތެއް ނިންމުމަށް އެދިވަޑައިގެންފައިވެއެވެ.

ރައްޔިތުން އިލްތިޒާމްތަކެއް އުފުލަން ޖެހޭ ފަދަ ހާލަތްތަކެއް ކުރިމަތިވެދާނެ ފަދަ މުއާހަދާތަކަށް ސަރުކާރުން އަމަލުކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.

ސްރީލަންކާ އާއި ރާއްޖެއާއި ދެމެދު ހެދޭ މިމުއާހަދާގެ ދަށުން، ޖިނާއީ ކުށްތައް ހުއްޓުވުމަށާއި އެ ގައުމެއްގެ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނާއި މުއާހަދާގެ މާއްދާތަކުގައިވާ ގޮތުގެ މަތިން، ޖިނާއީ މައްސަލަތަކުގައި ދެވެން އޮތް މިންވަރަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ދޭން ޖެހޭނެއެވެ. އަދި މީގެއިތުރުން، މައްސަލަތައް ތަހްގީގުކޮށް ޝަރީއަތް ހިންގުމުގަ އާއި މައްސަލަތައް ނިމުމުން ހިނގާ ކަންކަމުގައި އެހީތެރިކަން ދިނުން ވެސް ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-