-Advertisement-

-Advertisement-

ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރުމާމެދު މަޝްވަރާ ކުރުމަށް ކޮމެޓީއަށް!

މާލީ ވަޒީޜުގެ ޚާއްސަ މުޝީރަކަށް މުނައްވަރު އައްޔަން ކުރައްވައި މަޤާމުގެ ފަތްކޮޅު އެރުވުން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ ގަވަރުނަރު ކަމަށް ކުރީގެ މާލީ ވަޒީރު، އަދި މިހާރުގެ މާލީ ވަޒީރުގެ ޚާއްސަ މުޝީރު އަހްމަދު މުނައްވަރު އައްޔަން ކުރެއްވުމާމެދު ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފިއެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަޤާމުގައި ކުރިން ހުންނެވި އަލީ ހާޝިމް އެ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ ލަފާގެ މަތިން ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކޮށް, އާ ގަވަރުނަރަކަށް އަހުމަދު މުނައްވަރު އައްޔަންކުރެއްވުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުވާފައެވެ.

މިއަދު ކުރިއަށްދާ މަޖިލިހުގެ ޖަލްސާގައި ލިއްޔަތު ކޮމިޓީން މަޖިލިހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސް ކުރީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސް މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ. ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގާނޫނުގެ ދަށުން ގަވަރުނަރު ހާޝިމް އާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގާބިލްކަން ނެތް ކަމަށް ކޮމިޓީ އަށް ސާބިތުވާ ކަމަށެވެ. އެގޮތުން މާލީ ހާލަތު ރަނގަޅު ކުރުމަށް ދެއްވަން ޖެހޭ ލަފާ ގަވަރުނަރު ނުދެއްވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-