-Advertisement-

-Advertisement-

ކަރަންޓުގައި ޖެހިގެން ޒުވާނަކު ނިޔާވެފައި ވަނީ ފެނަކައިގެ އިހުމާލުން: ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ

ކަރަންޓްގައި ޖެހުނު ސަރަހައްދު ބަންދުކޮށްފައި - އުނގޫފާރު.ކޮމް

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވެ ޒުވާނަކު ނިޔާވެފައި ވަނީ ފެނަކައިގެ އިހުމާލުން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން މެއި މަހުގެ 23 ވަނަ ދުވަހު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހިގެން ހިނގި ހިތާމަވެރި ހާދިސާގެ މައުލޫމާތު އެތޯރިޓީއަށް ލިބިފައިވާ ކަމަށާއި އެމައުލޫމާތު ލިބުމާއިއެކު އުނގޫފާރުގެ ކައުންސިލާ އަދި ފެނަކަ ކޯޕަރޭޝަނުން ކަން ހިނގާދިޔަ ގޮތް ސާފުކުރުމަށް މައްސަލައިގެ ތަހުގީގު ފެށިކަމަށެވެ.

އެއޮތޯރިޓީ ބުނެފައިވާ ގޮތުގައި އެއޮތޯރިޓީން ކުރި ތަހުގީގުން ސާފުވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ އިކުއިޕްމަންޓު ތަކުގެ ތެރޭގައި ހިމެނޭ އާތް ލީކް ސާކެޓް ބްރޭކާ (އީއެލްސީބީ) އަދި މިނިއޭޗާ ސާކެޓް ބްރޭކާ (އެމްސީބީ) ހަރުކުރެވިފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައި ވާތީވެއެވެ.

އެއޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި އުނގޫފާރުގެ އިތުރުންވެސް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އީއެލްސީބީ ހަރުކޮށްފައެއް ނުވެއެވެ.

ކަރަންޓު ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލު ވެފައިވާތީވެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ 50،000ރ އިން ފެނަކަ ޖޫރިމަނާކޮށް ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި މީގެ އިތުރުން މިފަދަ ހާދިސާއެއް އަލުން ހިނގިޔަ ނުދިނުމަށްޓަކައި ފެނެކައިން ކަރަންޓު ފޯރުކޮށްދޭ ރަށްތަކުގެ މަގު ބައްތިތަކުގެ ތެރެއިން އީއެލްސީބީ އަދި އެމްސީބީ ހަރުނުކުރާނަމަ ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި އެ ތަކެތި ހަރުކުރުމަށް ވެސް އެއޮތޯރިޓީ އިން ވަނީ އަންގާފައެވެ.

މިމުއްދަތުގެ ތެރޭގައި އީއެލްސީބީ އަދި އެމްސީބީ ހަރުކޮށް ނުނިމިއްޖެނަމަ އެކަން ނިމެންދެން މަގު ބައްތިތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް އެ އޮތޯރިޓީ އިން ވަނީ އަންގާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-