-Advertisement-

-Advertisement-

ޔޫރަޕް ކޮލިޓީ ބޭސް ރާއްޖޭގައި ވިއްކަން ފަށައިފި

އާސަންދަ ކޮމްޕެނީ ލިމިޓެޑް – ފޮޓޯ: އެމްވީޕްލަސް

ޔޫރަޕް ކޮލިޓީގެ ބޭސް ގަނޑުކޮށް ރާއްޖެ ގެނައުމަކީ ބޭހަށް ކުރާ ހަރަދު ކުރިއަށް ވުރެ 300 މިލިއަނެއްހާ ރުފިޔާ ކުޑަކުރެވޭނެ ގޮތެއްކަމަށް އާސަންދައިން ބުނެފިއެވެ.

އެސްޓީއޯއިން މިދިޔަ ހޯމަ ދުވަހު ވަނީ ޔޫއެންޑީޕީއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ގެނައި ބޭހުގެ ފުރަތަމަ ޝިޕްމަންޓް ވިއްކަން ފަށައިފައެވެ. އެސްޓީއޯއިން ގެނައި ބޭސްތަކުގެ ތެރޭގައި އެންޓިބަޔޮޓިކާއި ނަފުސާނީ ބަލިތަކަށް ބޭނުންކުރާ ބޭސް ހިމެނެއެވެ. މި ޝިޕްމަންޓަގައި ބޭސް ގެނައި ގައުމުތަކުގެ ތެރޭގައި އިންޑިއާ، އިނގިރޭސިވިލާތް އަދި ގްރީސް ހިމެނެއެވެ.

އާސަންދަ ކުންފުނީގެ މެޑިކަލް އިންވެސްޓިގޭޝަން ސެކްޝަންގެ މެނޭޖަރު، މަރިޔަމް ފަޔާޒާ އިއްޔެ ވަނީ މި ކަމާ ގުޅޭ ގޮތުން އިތުރު ތަފުސީލު ނޫސްތަކާ ހިއްސާކުރައްވާފައެވެ. އެގޮތުން އެ ކަމަނާ ވިދާޅުވީ ފުރަތަމަ މަރުހަލާގައި ހިމެނޭ ޔޫރަޕް ކޮލިޓީ ނުވަތަ “އޭ” ގްރޭޑްގެ 7 ބޭސް އަދި އެއާ ގުޅުން ހުރި ބޭސްތަކާއި އަންނަ އޮކްޓޫބަރު މަހު ގެންނަ އިތުރު 3 ބޭހާ އެކު، ޖުމްލަ 10 ބޭހަކުން 1 މިލިއަނާއި 2 މިލިއަނާ ދެމެދުގެ އަދަދެއްގެ ރުފިޔާ ސަލާމަތްވާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

އަސާސީ ބޭހުގެ ގޮތުގައި ބެލެވޭ 400 ބޭހެއް ޔޫރަޕް ކޮލިޓީގައި އެސްޓީއޯ މެދުވެރިކޮށް ގެންނާނެކަމަށް އާސަންދައިން ހާމަކުރެއެވެ.

ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ އެހެން ޤައުމުތަކަށް ވުރެ 15 ގުނަ އަދި މި ސަރަޙައްދުގެ ޤައުމުތަކަށް ވުރެ 70 ގުނަ ބޮޑެވެ. މި ބަދަލާއެކު ރާއްޖޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް އަތްފޯރާފަށުގައި ލިބޭނެ މަގު ތަނަވަސްވާނެކަމަށް ބެލެވެއެވެ.

ޔޫރަޕުގެ ބޭސް ފުރަތަމަ ފަހަރަށް ރާއްޖެ ގެނެސް ދައުރުކުރަން މި ސަރުކާރުން ފަށައިފައިވާ އިރު، އެ ކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް ނިންމައިފައިވާނީ ނިމިދިޔަ ސަރުކާރުގައިކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފެންވަރު ރަނގަޅު ބޭސް ބަލްކް ޕްރޮކިއުމެންޓްގެ ދަށުން ގެނައުމަށް ޔޫއެންޑީޕީއާ ގުޅިގެން ހެދި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުކަން އަމީރު ވަނީ ފާހަގަކުރައްވައިފައެވެ.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އޭރު ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަދި އެސްޓީއޯގެ އެމްޑީ އަބްދުﷲ ސައީދެވެ. ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-