-Advertisement-

-Advertisement-

ނިވި ދިއްލޭ ބޮތްކެއްހެން އައްޑޫއިން ކަރަންޓް ކެނޑޭތީ ކުއްލި މައްސަލައެއް ހުށަހަޅައިފި

ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް - ފޮޓޯ: މަޖިލިސް

ނިވިދިއްލޭ ބޮތްކެއްހެން އައްޑޫ ސިޓީން ކަރަންޓް ކެނޑި ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ނަޒީލް ވިދާޅުވީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުން އިތުރުވރ، އެ ރަށްތަކުގެ ރައްޔިތުންގެ އަސާސީ ދިރިއުޅުމަށް ދަތިވާ ހިސާބަށް ގޮއްސައިވާކަމަށެވެ.

އެގޮތުން މި ސަރުކާރަށް ހަ މަސްވީއިރު ވެސް އެކަން ހައްލުކުރުމަށް މާ ބޮޑު މަސައްކަތެއް ކޮށްފައިނުވާކަމަށް ވިދާޅުވެ، ނަޒީލު ވަނީ، އައްޑޫ ރައްޔިތުން ތިބީ ފަލަސްތީނު ރައްޔިތުން ތިބި ހާލަތުގައިކަމަށް ވިދާޅުވެފައެވެ.

ނަޒީލުގެ މި ވާހަކަފުޅަށް ކަންބޮޑުވުން ފާޅުކުރައްވައި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ވަނީ ފަލަސްތީނުގެ ރައްޔިތުން ތިބި ހާލަތުގައި މިއަދު ދުނިޔޭގެ އެއްވެސް ހިސާބެއްގައި ބަޔަކު ނެތް ކަމަށާއި އައްޑޫ ރައްޔިތުންނާއި ފަލަސްތީނަކާ އަޅުވައި ނުކިޔޭނެ ކަމަށް ވިދާޅުވެފައެވެ.

ނާޒިލް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީއަށް އެންމެ އަސާސީ ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ފެއިލްވެފައެވެ. އަދި މި ސަރުކާރުން އުމްރާނީ ތަރައްގީ އާއި އިންސާނީ ތަރައްގީއަށް ބޭނުންވާ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ނާޒިލް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށްވެސް ނާޒިލް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލަޔާއި ގުޅިގެން މީގެ ކުރިން ފެނަކައިން ބުނެފައިވަނީ، އެ މައްސަލަ ދިމާވަނީ ކުރީ ސަރުކާރުން އައްޑޫ ސިޓީގެ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމުގެ ސަބަބުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-