-Advertisement-

-Advertisement-

އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޕެރިސްއަށް

ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޕެރިސްއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ޖުލައި 26 ވާ ހުކުރު ދުވަހުގެ “ޕެރިސް 2024 އޮލިމްޕިކްސް” ހުޅުވުމުގެ ރަސްމިއްޔާތު ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ކުރައްވާ މި ދަތުރަކީ ފްރާންސް ގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖެއިން މިމުބާރާތުގައި ބައިވެރިވާ ކޮންޓީޖެންޓާ ބައްދަލުކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރާއްޖޭގެ އެތްލީޓުންނާ އާދިއްތަ ދުވަހު ބައްދަލުކުރައްވާފައެވެ.

ޕެރިސްގައި މިފަހަރު ބާއްވާ “ޕެރިސް 2024 އޮލިމްޕިކްސް” ގައި ރާއްޖެ ފަސް ކޮންޓިންޖެންޓުން ތަމްސީލުކުރެއެވެ.

މިފަހަރަކީ ރާއްޖެއިން އެންމެ ގިނަ ކޮންޓިންޖެންޓް ބައިވެރިވާ ފަހަރުގެ އިތުރުން، ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވެސް ރާއްޖެއިން ވާދަކުރާނެއެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ.

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ދިދަ އުފުލާނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-