-Advertisement-

-Advertisement-

ބްރިޖާއި ހަލިމަގުން ޓޯލް ފީނަގަން ނިންމައިފި

ސިނަމާލެ ބްރިޖް

މާލެ ހުޅުލެ އަދި ހުޅުމާކެ ގުޅުވާލައިދޭ ބްރިޖާއި ހައިވޭއިން ދަތުރުކުރަ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމަށް ނިންމައިފިއެވެ.

ރޭ ސަރުކާރުން އިފްތިތާޙްކުރި “މާލެ ފަހި” ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިޔާތުގައި  މާލޭ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި މާލޭ ސަރަހައްދަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް އެ ޕްރޮގްރާމްގެ ދަށުން ކުރުމަށް ނިންމާފައިވާ ކަންކަން ވަނީ އިއުލާނުކޮށްފައެވެ.

އެގޮތުން މާލެ ހުޅުމާލެ ބްރިޖާއި ހައިވޭއިން ޓޯލް ފީ ނެގުމާއި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ އިތުރުން ރެޖިސްޓްރޭޝަން ޑޭޓާ ބެލެހެއްޓުމަށް ބޭނުންކުރާ މެޓްރިސް ސިސްޓަމް ރިޕްލޭސް ކުރުމާއި އޮންލައިން ސިސްޓަމް ހަރުދަނާ ކުރުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ބްރިޖާއި ހައިވޭއިން ޓޯލް ފީނެގުމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ޓޯލް ފީ ކަނޑައަޅާނީ ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކުން މަޝްވަރާ ކުރުމަށްފަހު އެކަމާއި ގުޅުން ހުރި ދިރާސާއެއް ކޮށްގެން ކަމަށެވެ.

ބްރިޖާއި ހަލި މަހުން ޓޯލް ފީއެއް ނެގުމަށް ނިންމާފައިވާއިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ބްރިޖުން ފީ ނަގަން އުޅޭކަމަށް ބުނެ މީޑިޔާތަކުގައި ފެތުރުނު ޚަބަރުތައް ރައީސް ޑރ މުޙައްމަދު މުޢިއްޒު ދޮގު ކުރެވިކަން ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-