-Advertisement-

-Advertisement-

ރާއްޖޭގައި އުފާވެރިކަމުގެ އިންޑެކްސްއެއް ކަނޑައެޅުމުގެ ދިރާސާއެއް ހަދަނީ

ލޯކަލް ގަވަރންމެންޓު އޮތޯރިޓީން ބޭއްވި ވޯކްޝޮޕް. ފޮޓޯ: ލޯކަލް ގަވަރންމެންޓު އޮތޯރިޓީ

ދިވެހިންގެ އުފާވެރިކަމުގެ އިންޑެކްސްއެއް ކަނޑައެޅުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ލޯކަލް ގަވަރންމެންޓު މިނިސްޓަރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ް ކަނޑައެޅުމުގެ މަސައްކަތް ފެށުމަށް އިއްޔެ އެ މިނިސްޓްރީން ވަނީ އިސްލާމިކް ޔުނިވާސިޓީގައި ވޯކްޝޮޕެއް ބާއްވައިފައެވެ. އެ ވޯކްޝޮޕްގައި ޝަރީޕް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ތަފާތު ހިޔާލުތަކާއި ނަޒަރިއްޔާތުތަކާ ބެހޭ ގޮތުން ބައެއް ފަރާތްތަކާ މަޝްވަރާ ކުރެވިފައިވާނެކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްގެންދާނީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެންކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

އުފާވެރިކަމުގެ އިންޑެކްސްއަކީ އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ރިއާއަތްކޮށް އެ ބައެއްގެ ހިތްހަމަޖެހުން ހުންނަ މިންވަރެއްގެ މައްޗަށް ބިނާކޮށް އެކުލަވައިލާ އެއްޗެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މި އިންޑެކްސް އެކުލަވައިލަނީ 0 އިން ފެށިގެން ގޮސް 10 އާ ހަމައަށެވެ.

މިއީ ދިވެހިރާއްޖޭގެ އުފާވެރިކަމުގެ އިންޑެކްސްއެއް ކަނޑައަޅާ ފުރަތަމަ ފަހަރެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ހެޕިނަސް އިންޑެކްސްގައި އެންމެ ކުރީގައި އުޅެނީ ފިންލޭންޑެވެ. ފާއިތުވި 7 އަހަރު ވެސް ފިންލޭންޑް ވަނީ އެ މަގާމު ދަމަހައްޓައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-